ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް ހެދީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދަށް ފަހު ނޫސްވެރިންނަށް ރައީސް އޮފީހަށްބ ފޯނު ނުވެއްދޭނެ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގެ ޕްރޮޓޮކޯލް ޓީމުން މީގެ ދެމަސްކުރިން ކަމަށެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން މިރޭ ބުނީ މިނިސްޓަރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވާ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ޕްރޮޓޮކޯލް އިން މީގެ ދެ މަސް ދުވަސް ކުރިން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމާފައިވަނީ އެއްވެސް ކަހަލަ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.
ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތް ހެދުމުގެ ސަބަބުން ގިނަބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.
ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ފަތުރަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ. ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ވަނީ ފޯނާއިއެކު ވެދެފައި ކަމަށެވެ.
އެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
“ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައި” ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ނޫސްވެރީންގެ މަސައްކަތްތަކަށް ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށާއި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ.
ގުޅުންހުރި
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ހަމަޔެއް ނޫން: ރައީސް
މީޑިއާ ކޮމިޝަންގެ ބިލު އޮތް ގޮތުން މީޑިއާތަކަށް ސަރުކާރުގެ ނުފޫޒު ވަރަށް
”ގައުމީ ކުޅިވަރު ފަންޑު“ ގާއިމުކުރުމަށް ރައީސް ނިންމަވައިފި
މިއަދަކީ ކެރޭ، ގާބިލު ލަޝްކަރެއް އޮތްކަން ދުނިޔެއަށް ދައްކަންވީ ދުވަސް: ގައްސާން
އިންޑިއާގެ ސަފީރު ކަމަށް އާޒިމާ، ސައުދީގެ ސަފީރު ކަމަށް ސަރީރު އައްޔަން
ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްތަކަށް އިނާމުދޭ ގޮތަށް މާސްޓާ ޕްލޭން ހަދަނީ