އެއް ގަޑިއިރު ތެރޭ 1،100 އަށްވުރެ ގިނަ ގަހުގައި ބައްދައިގެން ގާނާ މީހަކު ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.
އުމުރުން 29 އަހަރުގެ ތިމާވެށީގެ އެކްޓިވިސްޓް އަދި ފޮރެސްޓްރީ ދަރިވަރެއް ކަމަށްވާ އަބޫބަކުރު ތާހިރު އެ ރެކޯޑް ހެދީ 1،123 ގަހުގައި ބައްދައިގެންނެވެ. އެއީ 19 މިނެޓު ތެރޭގައި ގަހެއްގައި ބައްދައިގެންނެވެ.
އަބޫބަކުރު ބުނީ، އޭނާ އެ ރެކޯޑް ހެދީ ރޯދަ މަހު ރޯދައަށް ހުރެގެން ކަމަށާއި އެހެންވެ އެ ރެކޯޑް ހެދުމުގައި ދަތިތަކެއްވެސް ކުރިމަތިވި ކަމަށެވެ.
ގާނާގެ ޓެޕާގެ ދަނޑުވެރިކަމުގެ މުޖުތަމައުއެއްގެ ތެރޭގައި އުޅެ ބޮޑުވުމުގެ ސަބަބުން އަބޫބަކުރަކީ ގުދުރަތީ މާހައުލަށް ލޯބި ޖެހި، ގުދުރަތީ މާހައުލު ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ.
އެގޮތުން ގާނާގެ ޔުނިވާސިޓީއަކުން ފޮރެސްޓްރީ ދާއިރާއިން އަންޑަގްރެޖުއޭޓް ޑިގްރީ ހާސިލުކުރުމަށްފަހު އޭނާ ވަނީ ފޮރެސްޓްރީ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ އަލަބާގެ ޔުނިވާސިޓީއެއްގައި ކިޔަވަން ފަށައިފި އެވެ.




ގުޅުންހުރި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި