ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެޒެޓްކުރި ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތަށް ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ދޭން ލާޒިމްކުރާ ގޮތަށް އިދިކޮޅު އެމްޑީޕީން ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. މިއަދުގެ ޖަލްސާގައި ވަނީ، ކޮމިޓީ މަރުހަލާގައި އެ ބިލަށް ގެނައި އިސްލާހުތަކާ އެކު، ބިލު ފާސްކޮށްފައެވެ. ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މީގެ ކުރިން ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ބަޔާންކޮށްފައިނުވެއެވެ. މީކާއިލް އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހަ މަސް ތެރޭގައި ސަރުކާރުން ގޯތި ހަވާލުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި އެ މުއްދަތު ވަނީ ތިން މަސް ދުވަހަށް ބަދަލުކޮށްފަ އެވެ.
ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްގައި ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައި ނުވާ ނަމަ، ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި އެ ގޯއްޗެއް ލިބުނު ފަރާތަކާ ގޯތި ހަވާލުކުރަން ވާނެއެވެ.




ގުޅުންހުރި
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި