ރާއްޖެ ޓީވީ އަދި ޗެނަލް 13 އަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި މީހުންގެ ފުރާނައަށާއި މީޑިއާތަކަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ސައިބް ކްރައިމް ޑިޕާޓްމެންޓާއި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިއަކު އިއްޔެ ވަނީ އެ ޓީވީ ސްޓޭޝަންގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ މީހަކު ފޭސްބުކުގައި ކުރި ކޮމެންޓް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ރާއްޖެ ޓީވީއަށް އިންޒާރު ދިން މީހާ ފޭސްބުކުގައި ކުރި ކޮމެންޓުގައި ބުނީ”މިފަހަރު ރާއްޖެ ޓީވީގެ ދުވަސް ދުއްވާލާނަން، ހުޅު ޖަހާނަން، ތި* ހުންނާތި މިފަހަރު ހޭއަރުވާލާނަން މީ އަހަރުމެންގެ ވެރިކަން” ކަމަށެވެ.
އެ އިންޒާރު ދީފައިވަނީ ފޭކު އައިޑީއަކުންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް، ރާއްޖެ ޓީވީގެ ފަރާތުން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ އެ ޓީވީ ސްޓޭޝަނަށް ދިން އިންޒާރަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަމަށާއި އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދޭ ކަމަށެވެ. އަދި ވަނީ ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އެދިފައެވެ.
ރާއްޖެ ޓީވީގައި 2011 ވަނަ އަހަރު ވެސް ބަޔަކު ވަނީ ހުޅުޖަހައިގައެވެ. އެ ހާދިސާއަށް އަދިވެސް އިންސާފު ލިބިފައިނުވާ ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.
“އެ ދުވަހު ވެސް ރާއްޖެ ޓީވީގެ ހިދުމަތް ދެމުންދިޔަ އިމާރާތުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުރިން އެފަދަ ކަމެއް މެދުވެރިދާނެ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ރާއްޖެ ޓީވީގެ ފަރާތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވަނިކޮށް،” ރާއްޖެ ޓީވީން ބުންޏެވެ.
ރާއްޖެ ޓީވީ އަންދާލާނެ އިންޒާރު ދިން ހަބަރު ޗެނަލް 13 ކަވަރު ކުރުމުން، ސޯޝަލް މީޑިއާގައި މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ “އެންމެ ފުރަތަމަ އަންދާލާނީ ޗެނަލް 13” ކަމަށެވެ.
ގުޅުންހުރި
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރުން އަނިޔާވެފައި އޮއްވައި ފެނުނު މީހާ މަރުވެއްޖެ
ސްޓެލްކޯއިން ހިންމަފުށީގައި ގާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ބޭނުން ކުރަން
ބޭރު ފައިސާގެ ބިލާއެކު ދައުރުވާ ޑޮލަރު ބޮޑުތަނުން އިތުރުވެގެންދާނެ: ރައީސް
ޑޮލަރު މާރުކުރުމަށް ނިންމި ނިންމުމަށް ލުއި ދީފައިނުވާނެ: މުނައްވަރު
މިއަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
ދަރުމަންތަ ހޮސްޕިޓަލާ ދިމާ ބޭރުން އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ