ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ދެވަނަ ފަހަރަށް ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުދެއެވެ.
ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ވެސް ކުރައްވައިފައެވެ. އެ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ވަނަ ދުވަހުގައެވެ.



