މ. އަތޮޅު ރަށެއްގެ ކުޑަ ފިރިހެން ކުއްޖަކު، އެ ރަށު ފަޅުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އަތުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި 14 އަހަރުގެ އެ ކުއްޖާ ރޭ ދަންވަރުގެ ވަގުތެއްގައި މާލެ އައީ ސިނަމަން ވެލިފުށި ރިސޯޓުގެ ލޯންޗެއްގަ އެވެ. އެ ލޯންޗު ފަޅުގައި ނެތްކަން އެނގުނީ މިއަދު ހެނދުނު އެވެ.
މައުލޫމާތު އެނގޭ އަދި ކުއްޖާ ނިސްބަތްވާ ރަށުގެ ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅަކު ”ހަފްތާ“ އަށް ވިދާޅުވީ، ލޯންޗު ބަނދަރުގައި ނެތިގެން އޭގެ ފަޅުވެރިން ރިޕޯޓުކުރި ފަހުން، ރަށުން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު ލިިބުނު ކަމަށެވެ.
ނަމަވެސް ހެނދުނު ގާތްގަނޑަކަށް ނުވައެއް ޖަހާކަންހާއިރު ގެއްލުނު ލޯންޗު ހުޅުމާލެ ފެރީ ޓާމިނަލުން ފެނިއްޖެ ކަމަށާއި އަދި އޭގެ ތެރެއިން ރަށުން ގެއްލުނު ކުއްޖާ ފޭބިތަން ފެނުނު ކަމަށް ހަބަރު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޑަ ކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި ބައެއް އަންނައުނުވެސް ދަބަހަކަށް އަޅައިގެންނެވެ. އަދި އެ ކުއްޖާ މާލެ އައީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކަމަށް ރަށުގެ ބައެއް މީހުންނާ ހަވާލާދީ މި ނޫހަށް މައުލޫމާތު ދިން ބޭފުޅާ ވިދާޅުވި އެވެ.
ކުއްޖާ މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އޮތްއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަޅުވެރިން ބުނެ އެވެ.

ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް