މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ބޮޑުތަނުން ދަށްވެއްޖެ އެވެ.
އެމްޓީސީސީ އިން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީން މާޗު މަހު އެ ކުންފުންޏަށް ލިބުނީ 664 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި ލިބުނު 789 މިލިއަން ރުފިޔާއަށްވުރެ 125 މިލިއަން ދަށް އަދަދެކެވެ. ނުވަތަ 16 ޕަސެންޓް ދަށްވުމެކެވެ.
އާމްދަނީ ދަށްވުމާއެކު އެމްޓީސީސީ އަށް ފުރަތަމަ ކުއާޓާރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ އެންމެ ފަސް މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު 35.14 މިލިއަނަށްވުރެ 82 ޕަސެންޓްގެ ދަށްވުމެކެވެ.
އެމްޓީސީސީ އިން ބުނީ، ފައިދާ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބާރު ފައިސާ ހޯދުމަށް ކުންފުނިން ކުރަން ޖެހުނު ހަރަދު އިތުރުވުމާ ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދަވޭ އަސަރުގެ ސަބަބުން ކަމަށެވެ.
އަދި އެ އަދަދަކީ މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ސާފު ފައިދާއަށްވުރެ ދަށް އަދަދެއް ނަމަވެސް ހާލަތަށް ބަލައި ކުންފުނީގެ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް