ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ގިނަ އިދާރާތަކެއްގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން އުނިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޖެޓް އެގްޒެކެޓިވް އާދަމް ބަދުރުﷲ ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު އިދާރާތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު އަދި ފައިނޭންސިން ހަމަޖެއްސުމަށް ދަތި ބަޖެޓެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުރުމަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި ފިނޭންސުން ވަނީ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބަޖެޓުން ތިން މިލިއަން ރުފިޔާ އުނިކޮށްފަ އެވެ. އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ އުނިކޮށްފައިވާކަން އެނގިފައިވެ އެވެ.
ބަޖެޓުން ގިނަ އަދަދެއްގެ ރުފިޔާ އުނިކުރުމުގެ ސަބަބުން ކޯޑް ކޮށްގެން ހިންގަން ނިންމައިފައިވާ ބައެއް ކަންކަން ކުރުމަށް ދަތިވެ އެކަމުގެ ކަންބޮޑުވުން މުއައްސަސާތަކުން ކުރަމުންދާކަން ”ހަފްތާ“ އަށް ވަނީ އެނގިފަ އެވެ.
ފިނޭންސް މިނިސްޓްރީން ގިނަ އިދާރާތަކެއްގެ ބަޖެޓް އުނިކުރި އިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރެ އެވެ.

ގުޅުންހުރި
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
އެންސްޕާ އިން ކުރި ހަރަދު އިތުރުވެއްޖެ، އެކަމަކު ތެރަޕީ ފައިސާކޮޅު ނުލިބި
ސަރުކާރުން ހަރަދު ކުޑަކޮށް، 1.3 ބިލިއަން ރުފިޔާ ސަލާމަތްކޮށްފި!
ފަހު 10 ގައި މަސައްކަތައް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ހާޒިރީ އެލެވެންސް
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް