ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު އެއާޕޯޓްގެ މުވައްޒަފުންތަކެއްގެ ގައިގައި ތަޅައި، މާރާމާރީ ހިންގި ބިދޭސީ ފިރިހެން މީހާ ދޫކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއްގައި ފެންނަނީ އެއާޕޯޓަށް ފުރަން ގޮސްހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި ސްޓާފަކަށް ހަމަލާ ދޭ ތަނެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައިވެސް އެ ބިދޭސީ މީހާ ޖެހުމުން އެ މުވައްޒަފު ބިންމައްޗަށް ވެއްޓޭތަންވެސް ފެނެ އެވެ.
އެ ވަގުތު އެ ތަނުގައި ތިބި އެއާޕޯޓް މުވައްޒަފުން އެ ބިދޭސީ މީހާއާ ކުރިމަތިލާން އުޅުނެވެ. ނަމަވެސް އެތަނުގައި ތިބި އެހެން މުވައްޒަފުން ވަނީ އެކަން ހުއްޓުވައިފަ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ކުރި ޝަރުތުތަކަކީ ކޮބައި ކަމެއް ނޭނގެ އެވެ
ހާދިސާ ހިނގި ވަގުތު އެ ތަނުގައި ހުރި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު މި ނޫހަށް ބުނީ، އަބޫދާބީ އަށް ފުރަން ދިޔަ އެ މީހާ، އޭނާ ފުރަން ހަމަޖެހިފައި އޮތް އިއްތިހާދު އެއާވެސްގެ މުވައްޒަފެއްގެ ގައިގާ ޖެހީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.
އެގޮތުން އެ މުވައްޒަފާ ދިމާލަށް އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށުމުން މުވައްޒަފުން އޭނަގެ ލަގެޖުތައް ބެލްޓުން ބޭލި ކަމަށްވެސް މި ނޫހަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.




ގުޅުންހުރި
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
މާލެ ސަރަހައްދުގައި 7000 ފުލެޓު ހަދަނީ، ރަސްމާލެއިން ފުރަތަމަ ދޫކުރާނީ 15000