ކުޑަކުދިން ބޮޑު ކުރަންވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތާ އަދި ގައުމު އިސްކުރާ ކުދިންތަކެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ފޮނުއްވި ހިތޯބުގައި ވިދާޅުވީ، ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވުމުގައި ހުށިޔާރުވާންޖެހިފައިވާ ކަމަށެވެ. ނުކިއްސަރު ކަންކަމުން ދަރީން ސަލާމަތް ކުރަންޖެހޭ ކަމަށާއި އެފަދަ ހުރިހާ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ބެލެނިވެރިންނަށާއި މައިންބަފައިންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭ ކަމަށެވެ. ރައީސް ވިދާޅުވީ ކުޑަކުދީންނަށާއި އާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެ ކަމަށެވެ.
ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމާބެހޭ ބައިނަލްއަގުވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެއިން ވަނީ ބައިވެރިވެފައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކުޑަކުދީންނަށް ހިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ވަނީ ރާއްޖޭގައި ގާއިމު ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިހުސާސްތަކާއެކު، އެ މަނިކުފާނަށް ހިތާމަވެރި އަސަރުތަކެއް ވެސް ކުރުވާ ކަމަށެވެ. ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންނެއް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
މާލެ ސަރަހައްދުގައި 7000 ފުލެޓު ހަދަނީ، ރަސްމާލެއިން ފުރަތަމަ ދޫކުރާނީ 15000