ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނުވަތަ ފިންގަޕްރިންޓާއި ފޮޓޯ ނަގައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެ ހޯދުމަށް ”ކުރަނގި“ގެ ނަމުގައި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފެށީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ އޮޕަރޭޝަންގެ ދަށުން ފުރަތަމަ މައުލޫމާތު އެއްކުރަން ފެށީ ކ. ހިންމަފުށީގައި އުޅޭ ބިދޭސީންގެ އެވެ.
އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިންމަފުށީގައި މަސައްކަތް ކުރަމުން އަންނަ 532 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކްގްނިޝަން ހެދޭވަރު ފޮޓޯ ނަގައި އެ މައުލޫމާތު ބަލަހައްޓާ އެކްސްޕަޓް ސިސްޓަމަށް އަޅާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން މިވަގުތު ހިންމަފުށީގައި ކުރިއަށް ގެންދިޔަ ނަމަވެސް ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަހަދެއްގައި އެއްފަހަރާ އެ އޮޕަރޭޝަން ފަށާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި ”އަހާ“ ފޯރަމްގައި އިހުސާން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ގަވާއިދުގެ ތެރެއަށް ވެއްދޭނެ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުން ރާއްޖެއިން ޑީޕޯޓްކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.
”މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރުކުރަނީ. މިގޮތަށް އުޅޭ މީހުންނަށްވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ގަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓްކޮށްލާނީ،“ އިހުސާން އެރޭ ވިދާޅުވި އެވެ.




ގުޅުންހުރި
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މާލޭގައި އެމްޕީއެލްގެ ދެ މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި
އެމްޑީޕީގެ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ވެރިންނާއެކު ޣައްސާނާއި އިހުސާން ބައްދަލުވުމެއް!
ނޭޕާލް ސޭޓު ގަޔަށް ވަޅި ޖެހީ ބަންގްލަދޭޝް މީހެއް