މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި، ނަމެއް ދޭން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ހިޔާލު ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފަލަސްތީނަކީ ދިވެހިންގެ ހިތްތަކާ ވަރަށް ގުޅިފައިވާ ތަނެއް ކަމަށެވެ.
އެގޮތުން މާލޭގައި ނަން ނުކިޔާ ދެ މަގުން ކުރެ އެއް މަގަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ”ފަލަސްތީން ހިނގުން“ ނުވަތަ ފަލަސްތީނާ ގުޅުވައި އެހެން ނަމެއް ދިނުމާމެދު ކައުންސިލް މެމްބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ހުޅުވާލެއްވި އެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެންބަރު ފިޔަވައި، އެހެން ހުރިހާ މެމްބަރުން ވަނީ މޭޔަރު އާޒިމްގެ އެ ހިޔާލަށް ތާއީދުކޮށްފަ އެވެ.
އެކަން ފާސްވުމުން އާޒިމް ވިދާޅުވީ މަގަށް ކިޔާނެ ސީދާ ނަމާއި ހުރިހާ ތަފުސީލެއް މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށާއި މަގު ހުޅުވުމަށް ރަސްމިއްޔާތެއް ވެސް ބާއްވަވާނެ ކަމަށެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި