މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، އަންނަ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުކުރަން ސްކޫލްތަކަށް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ މި ދުވަސްވަރު ކުރިމަތިވެފައިވާ އުދަނގޫ މޫސުމީ ހާލަތަށް ރިއާޔަތްކޮށް، ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ކޮންމެ ދަންފަޅިއެއް ވެސް 2-3 ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އަދި ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ބުލީކުރުމާ ދެކޮޅަށް ސްކޫލުތަކުގައި ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވެ އެވެ.




ގުޅުންހުރި
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަައިވައި ދިނުމަށް އިލްމުވެރިން އެދިއްޖެ
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،
ގްރޭޑް 9 އިން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދައިފި
އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދޭނީ ފީ ދައްކައިގެން ކަމަށް ނިންމައިފި
ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ، ކުރިއަށް އޮތީ ވިއްސާރަ 3 ދުވަސް