މާލޭ ސިޓީގައި ނަން ނުކިޔާ އޮތް ދެމަގެއްގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މާލޭ ސިޓީގެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146 ވަނަ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ދިވެހިންގެ ހިތާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ނަން ނުކިޔާ އޮތް ދެމަގުން ކުރެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް ކައުންސިލަށް ހުށެހެޅުމެއް ހުށަހަޅުއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
”އެހެންވީމާ އަޅުގަނޑުމެންގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަމަވެސް ނަމެއް ކިޔުއްވޭނެ ގޮތެއް ފެނިވަޑައިގަނޭތޯ އަސްލު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހަމަ ހިޔާލެއް އަޅުގަނޑުގެ ތިބޭފުޅުންނަށް ފެނިވަޑައިގެން މަޝްވަރާކޮށްލާ“ އާޒިމް ވިދާޅުވިއެވެ.
ކައުންސިލުން ވަނީ އާޒިމްގެ އެ ހުށަހެޅުން ފާސްކޮށްފައެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެންބަރެކެވެ.
ހުށަހެޅުއްވުން ފާސްވުމާ ގުޅިގެން އާޒިމް ވިދާޅުވީ
އެ މަގަށް ކިޔާނެ ނަމަކާއި ހުރިހާ ތަފުސީލެއް މެންބަރުންނާ ހިއްސާ ކުރާނެ ކަމަށެވެ. އެ މަގު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި