ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ ނުރައްކާތެރި ޑުރަގުގެ ބާވަތެއް ކަމަށްވާ ”ފެންޓަނީލް-ލޭސްޑް ޑްރަގްސް“ ނުވަތަ އާންމުނަމުން ނަމަ، ”ޗައިނާ ވައިޓް“ ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުކަން ދިނުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
”ޗައިނާ ވައިޓް“ އަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދައި، ހެރޮއިން އަށްވުރެ މާނުރައްކާތެރި ޑުރަގެކެވެ. އެ ޑުރަގް ބޭނުން ކުރުމުގެ ސަބަބުން އޯވަޑޯސް ވެގެން އެތައް ބަޔަކު މަރުވެސް ވެފައިވެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާ ވައިޓް ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް އެ މިނިސްޓްރީއާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި އެކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށެވެ.
އެންޑީއޭގެ އޮފިޝަލަކު ”ހަފްތާ“ އަށް ކަށަވަރުކޮށްދިން ގޮތުގައި ޗައިނާ ވައިޓް ރާއްޖޭގައިވެސް ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެކަމުގެ ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ކުޑަކުދިން ލައްވައި ޑުރަގް ވިއްކާ މީހަކު ފުނަދޫން ހައްޔަރުކޮށްފި
މިދިޔަ ދެމަސް ތެރޭގައި 17 މިލިއަން ރުފިޔާގެ ޑްރަގްސް ވައިގެމަގުން އެތެރެކުރަން
ޑްރަގް އެތެރެވުން ހުއްޓުވުމަށް ރަށްރަށުގެ ބަނދަރުގައި ފުލުހުން ތިބުން މުހިންމު: ކޮމިޝަނަރު
ޑްރަގް އޮޕަރޭޝަނެއްގައި ހުޅުމާލެއިން 8 މީހަކު ހައްޔަރުކޮށްފި
ޑައިމޯފިން ޓްރެފިކްކުރި މީހަކު 24 އަހަރަށް ޖަލައި 100،00 ރުފިޔާއިން ޖޫރިމާނާކޮށްފި
72 ކިލޯ ޑްރަގް އެތެރެކުރުމުގައި ބޮޑަކަށް ހުރި ކަމަށް ބުނާ އިރުފާން