ނ. އަތޮޅުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ރޭޕް ކުރި މައްސަލައިގައި ތުހުމަތުވާ މީހާ، ގެއެއްގެ ތެރޭގައި ފިލާ އޮއްވާ ހައްޔަރުކޮށްފި އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް އެކަން ފުލުހުންނަށް ރިޕޯޓްކުރިކަން އެނގުމުން އެކަން ކުރި ކަމަށް ތުހުމަތުވާ މީހާ ވަނީ ފިލައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުވާ މީހާއަކީ ނ. މިލަދޫ / މީޒާން، އަހުމަދު ވިއާމް (27އ) އެވެ. ފުލުހުން އެ މީހާ ހޯދަން މިއަދު އާންމުކޮށް އިއުލާންވެސް ކުރި އެވެ. ހޯދަން އިއުލާން ކުރީ އެ މީހާގެ ފޮޓޯއާއި ވަނަވަރާއެކު އެވެ.
އޭނާ ހައްޔަރުކުރިކަން ފުލުހުން ކަށަވަރު ކޮށްދެ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ގެއެއްގެ ތެރޭގައި ފިލާ އޮއްވަ އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ