ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ނުހޮވުނަސް ދާއިރާގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދާއިރާ ތަރައްގީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު (އިބުޓީ) ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިބުޓީ ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުވެސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އިބުޓީއަށް ލިބުނު ދެވަނަ އެވެ.
އިންތިހާބަށްފަހު މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއުގައި އިބުޓީ ’ހަފްތާ‘ އަށް ވިދާޅުވީ، މަޖިލީހަށް ނުހޮވުނަސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ދާއިރާގެ ހައްގުގައި ދާއިރާގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކުރިއަށްދާނީ ދާއިރާ ތަރައްގީކުރުމުގައި ކަމަށްވެސް ވިދާޅުވި އެވެ.
އިބުޓީ ވިދާޅުވީ، ދާއިރާގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެކަން ހަނދާން ނުނެތޭ ކަމަށެވެ.
”ދާއިރާއަށް، ދާއިރާ ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ ކޮށްދެވޭނީވެސް އަޅުގަނޑަށް. އަޅުގަނޑު މިހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. ރައްޔިތުންނަށް ބުނެލަން އަޅުގަނޑު މި ހުރީ ތިޔަ ބޭފުޅުންނާއެކު.. ތިޔަ ބޭފުޅުންނަށް ހިދުމަތް ކުރަން. ގަޅޮޅު ދެކުނަށް ކަންކަން ކޮށްދެވޭނީ ގަޅޮޅު ދެކުނުގެ ދަރިއަކަށް،“ އިބުޓީ ވިދާޅުވި އެވެ.

ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
90،000 އެއްހާ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ޖެކްލިން ފެނަންޑޭޒްގެ މަންމަ މަރުވެއްޖެ
އެހީގެ ޓީމު ޝަހީދުކޮށްފައި ހެދި ދޮގު ފަޅާއެރުމުން އިޒްރޭލުން ބުނީ އެއީ
ވަރުގަދަ ސީކޭއަށް ޓީއެފްޓީ އަތްދަށުން ސަލާމަތެއް ނުވެވުނު، ޒެޕޯ ބަލިކޮށް ލޮރެންޒޯ
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފި