މިދިޔަ އަހަރު ގެއްލިގެން ހޯދަން އިއުލާންކުރި ކުއްޖާގެ އަނެއްކާވެސް ގެއްލިގެން ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ އެ ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތައް އާންމުންގެ އެހީއަށް އެދިފައެވެ.
ގެއްލިގެން ހޯދަމުންދަނީ ތ. މަޑިފުށި، ނައިޓްރޯސް އައިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.
ފުލުހުން މިރޭ ބުނީ އާއިޝަތު ޒޯޔާ ފިކުރީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހު އެ ކުއްޖާ މިހާރު ދިރިއުޅޭ ގެ ވ. ނާލިސްއިން ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އައިޝަތު ޒޯޔާ ފިކުރީއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް، ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަށް ގުޅައި ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޒޯޔާ ގެއްލިގެން ހޯދުމަށް ފުލުހުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ގައި ވެސް އާންމުންގެ އެހީއަށް އެދިފައެވެ. އެފަހަރު ހަމަ އެ ދުވަހު ފުލުހުން ވަނީ ޒޯޔާ ހޯދައިފައެވެ.
ފުލުހުން އެފަހަރު ޒޯޔާ ހޯދައިފައިވަނީ ހުޅުމާލޭގައި ހުންނަ އެޕާޓުމެންޓެއްގެ ތެރެއިންނެވެ.




ގުޅުންހުރި
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
އެއް ކޮޓަރި ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް