ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފި އެވެ.
މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށްފަހު ދިރާސީ އާ އަހަރު މިއަދު ފެށި ނަމަވެސް، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ކޮންމެ ސްކޫލެއްގައި ވެސް ގިނަ ވެގެން ކިޔަވައިދޭނީ ތިން ގަޑިއިރަށެވެ.
ދިރާސީ އަހަރު މިއަދު ފަށާފައިވަނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނާއެކު އެވެ. އެ ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ކިޔަވާނެ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ކިޔަވާއިރު، އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނީ މާލޭގަ އެވެ.
ދިރާސީ އާ އަހަރު ފެށުން:
- މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް އަލަށް 2،250 ދަރިވަރުން ވައްދާފައިވޭ
- މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވާ އެހެން ގްރޭޑުތަކަށް ވަންނަން 2،081 ދަރިވަރުން ހުށަހެޅި
- އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުވި
- މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވި
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި 12،662 ޓީޗަރުން ކިޔަވައިދޭނެ އެވެ. އޭގެ ތެރެއިން ދިވެހި ޓީޗަރުންގެ އަދަދަކީ 10،729 އެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،933 އެވެ.
މި ދިރާސީ އަހަރުގައި ސަރުކާރުގެ 162 ސްކޫލެއް އެއް ދަންފަޅިއަކަށް ކިޔަވައިދޭއިރު 52 ސްކޫލެއް ދެ ދަންފަޅިއަކަށް ކިޔަވައިދޭނެ އެވެ. އަދި ހަ ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ. ސެޓެލައިޓްކޮށް ކިޔަވައިދޭނެ ސްކޫލްތަކަކީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި