ގަތަރުގެ ވެރިރަށް ދޯހާއިން، އަޔަލޭންޑްގެ ޑަބްލިންއަށް ދަތުރުކުރި ގަތަރު އެއާވޭސްގެ ކިއުއާރު 017 (ބޮއިން 787 ޑްރީމްލައިނާ މަރުކާ) ފުލައިޓް ޓާބިއުލަންސްއެއްގައި ޖެހި އެ ފުލައިޓުން ދަތުރުކުރަމުންދިޔަ 12 މީހަކަށް އަނިޔާވެއްޖެއެވެ.
ޓާބިއުލަންސްގައި ޖެހުމުގެ ސަބަބުން އަނިޔާވެފައިވަނީ ފުލައިޓުން ދަތުރުކުރަމުންދިޔަ ހަ ޕަސިންޖަރަކަށާއި ފުލައިޓުގެ ހަ ކުރޫ އަކަށެވެ. އެއިން އެއްވެސް މީހަކަށް ބޮޑު އަދި ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ.
ފުލައިޓް ޑަބްލިން އެއާޕޯޓަށް ލޭންޑު ކުރުމާއެކު އެއާޕޯޓް ފުލުހުންނާއި އެމްބިއުލާންސް އަދި ފަޔާ އޮފިސަރުން ހިމެނޭ ގޮތަށް އެމަޖެންސީ ސާވިސަސް އިން ވަނީ ފުލައިޓް ކައިރިއަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ގަތަރު އެއާވޭސްއިން ބުނީ އަނިޔާވި މީހުންނަށް މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ހާދިސާ ތަހުގީގު ކުރާނެ ކަމަށެވެ.
ގަތަރު އެއާވޭސްގެ ފުލައިޓެއް ޓާބިއުލަންސްގައި ޖެހި ޕަސިންޖަރުންނަށް އަނިޔާވެފައިމިވަނީ މިދިޔަ އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ ފުލައިޓެއް ވެސް ޓާބިއުލަންސްގައި ޖެހި ފަސިންޖަރަކު މަރުވެފައި ވަނިކޮށެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ