ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދަށް ބިން ހެލުމެއް އަތުވެއްޖެއެވެ.
މެޓް އޮފީހުން ދެންމެ ބުނީ ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް މިރޭ 8:27 އެހާކަންހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރިކޯޑް ކުރެވިފައިވާ ކަމަށެވެ.
އެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
ބިންހެލުން އައިސްފައި ވަނީ ކުޅުދުއްފުށިއާއި 234 ކިލޯމީޓަރު ކައިރިއަށެވެ.
އެ ސަރަހައްދަށް ބިންހެލުން އައިސްފައި ވަނީ 4.5 ކިލޯމީޓަރުގެ ބާރުމިނުގައި 10 ކިލޯމީޓަރު އަޑިންނެވެ.









