ނޮވެމްބަރ 23, 2024

ރިސޯޓު ހެދުމަށް 14 ރަށަކާއި 3 ފަޅެއް ކުއްޔަށް ދޫކުރަނީ

14 ރަށަކާއި ތިން ފަޅެއް ރިސޯޓު ހެދުމަށް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުގައި އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށްތަކާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފައިވާ ކަމަށެވެ.

ޕްރޮޕޯސަލް ހުށައަޅަން ބޭނުންވާ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ކަނޑައެޅި ރަށްތަކާއި ފަޅުތައް:

ހދ. ވައިކަރަމުރައިދޫ – 15 ހެކްޓަރުގެ ބިން؛ 1.9 މިލިއަން ޑޮލަރުށ.
ށ. ކުޑަޅައިމެންދޫ – 13.11 ހެކްޓަރުގެ ބިން؛ 2 މިިލިއަން ޑޮލަރު
ރ. ދިއްކުރެއްދޫ – 4.83 ހެކްޓަރުގެ ބިން؛ 2.6 މިިލިއަން ޑޮލަރު
ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) – 15.17+20.99 ހެކްޓަރު؛ 18.6 މިލިއަން ޑޮލަރު
ޅ. ވިހަފަރުފިނޮޅު – 0.28 ހެކްޓަރު؛ 640،000 ޑޮލަރު
ކ. ހިއްމިއްޔާ ފަޅު – 712 ހެކްޓަރު؛ 23.5 މިލިއަން ޑޮލަރު
އއ. އަލިކޮއިރަށް – 1.47 ހެކްޓަރު؛ 1.3 މިލިއަން ޑޮލަރު
ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) – 6.96 އާއި 0.20 ހެކްޓަރު؛ 2 މިލިއަން ޑޮލަރު
ތ. ރުއްތިބިރަށް – 8.41 ހެކްޓަރު؛ 2.4 މިލިއަން ޑޮލަރު
ތ. ކަނިމީދޫ – 10 ހެކްޓަރު؛ 2.8 މިލިއަން ޑޮލަރު
ލ. ކަށިދޫ – 3.11 ހެކްޓަރު؛ 466،500 ޑޮލަރު
ލ. ބޮޑުމުންޏަފުށި – 3.14 ހެކްޓަރު؛ 471،000 ޑޮލަރު
ލ. ހަންހުށި – 2.81 ހެކްޓަރު؛ 421،500 ޑޮލަރު
ގއ. ބޭރުމައުޑޫ – 3.08 ހެކްޓަރު؛ 385،000 ޑޮލަރު
ގދ. ކަޅެހުއްޓާ – 7.61 ހެކްޓަރު؛ 951،250 ޑޮލަރު
ކ. އަތޮޅުގެ ފަޅެއް – 45 ހެކްޓަރު؛ 11 މިލިއަން ޑޮލަރު
ވ. އަތޮޅުގެ ފަޅެއް – 0.62 ހެކްޓަރު؛ 729،000 ޑޮލަރު