ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބައެއް ކައުންސިލަރުން އިންތިހާބު ކާމިޔާބު ކުރައްވައި، އަދި މިހާރު މެންބަރުކަމުގެ ހުވާ ކުރައްވާފައިވާތީ އެ ދާއިރާތަކުގެ ބައި -އިލެކްޝަންސް ކޮމިޝަން (އީސީ)ބާއްވަން ނިންމައިފިއެވެ.
އީސީން މިއަދު ބުނީ ބައި- އިލެކްޝަން ބާއްވާނީ 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 ގެ ނިޔަލަށް ކަމަށާއި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 22 ވާ ހޯމަ ދުވަހު ކަމަށް އީސީން ބުންޏެވެ.
ބައި- އިލެކްޝަން ބާއްވާ ދާއިރާތަށް:
– ޅ އަތޮޅު ކައުންސިލް ރައީސް
– ފ. ބިލެތްދޫ ކައުންސިލް ރައީސް
– ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)
– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
– މާލެ ސިޓީ ކައުންސިލް މެންބަރު (ހެންވޭރު ހުޅަނގު ދާއިރާ)
– މާލެ ސިޓީ ކައުންސިލް މެންބަރު (މައްޗަންގޮޅި މެދު ދާއިރާ)
– މާލެ ސިޓީ ކައުންސިލް މެންބަރު (ހުޅުމާލެ ދާއިރާ)
– ރ. ރަސްމާދޫ ކައުންސިލް މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި)
އެ ދާއިރާތަކުގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު www.elections.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އީސީން ބުންޏެވެ.




ގުޅުންހުރި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު