އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވުން މަނާ ކުރުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭބަދަލުތައް ގެންނަން ކެބިނެޓުން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރާއްޖެއަށް އިޒްރޭލް މީހުން އައުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ނިންމިކަން އިއުލާން ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެމަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
”އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމައި އެކަމަށްޓަކާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ކޮމެޓީ އެއް ވެސް ވަނީ އެކުލަވާލައިފައި،“ އިހުސާން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ – އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ގާނޫނީ ބަދަލުތައް ގެންނަން ނިންމާފައިމިވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.




ގުޅުންހުރި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،