އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން ފާސްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށް 19 ވަނަ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ތިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
19 ވަނަ މަޖިލީހުން އެ ވަޒީރުންނަށް ރުހުން ނުދޭން ފާސްކުރި ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ތިން ބޭފުޅުން ވަޒީރުންގެ މަގާމަށް އައްޔަން ކުރައްވައި ރުހުން ހޯދުމަށް އަލުން މަޖިލީހަށް ފޮނުއްވައިފަ އެވެ.އެ މައްސަލަ އެޖެންޑާކޮށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ އާ ދައުރުގައި މި ހަފްތާގެ ތެރޭގަ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.
އެހެންކަމުން ދެން އެ މައްސަލަ ކޮމިޓީން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި