ސްރި ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ލަންކާއިން ހަމަޖައް ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުގައި މިއަދު ވަނީ ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަންއާ ބައްދަލުކުރައްވައި، ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ ބައްދަލުވުމުގައި ވިސާގެ ކަންކަން ފަސޭހަ ކޮށްދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެދިފައިވާތީ ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގުފަހިކޮށްދެއްވައި، އެކަން ލިޔުމުން ދިވެހި ސަރުކާރަށް ޔަގީން ކޮށްދެއްވާފައި ކަމަށެވެ.
އަދި ލަންކާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީއަށް އެކަށީގެންވާ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ލަންކާ ސަރުކާރުން، ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ.
މީގެ ކުރިން ލަންކާއަށް ދާ މީހުންގެ ތެރެއިން ސާކް ގައުމުތަކުގެ މީހުން ވިސާ ފީގެ ގޮތުގައި ދައްކަން ޖެހެނީ 25 ޑޮލަރެވެ
ލަންކާއިން މިފަހުން ވިސާ ފީއަށް ގެނައި ބަދަލާ އެކު 35 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން އާ ވެބްސައިޓު މެދުވެރިކޮށް އިތުރު ފީތައް ދައްކަންޖެހެ އެވެ.
ނަމަވެސް ލަންކާއަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ހަ މަހުގެ ސްޓޭންޑާޑް ވިސާ އަށް އެދޭ މީހުން އެ ފީ ދައްކާކަށް ނުޖެހޭނެ އެވެ.




ގުޅުންހުރި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދެނީ
ބޮޑު ދަރަންޏެއް ދައްކަން ޖެހުނަސް، ޓެކްސް ބޮޑުކުރަން ނުޖެހޭނެ ގޮތަށް ރާވާފައިވާނެ:
ބަޖެޓުގައި ތަފްސީލު ނެތް މައްސަލައިގައި ޒަމީރު: އެއީ ރައްޔިތުންގެ ފައިދާއަށް!
ވިލުފުށި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި، ރައީސް ވައުދުވީ 30 މަސް
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި