ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއަށްފަހު މިއަދު އިތުރު ދެ މާރާމާރީ ހިންގައިފި އެވެ.
ދަރުބާރުގެ ކައިރީގައި ރޭ 10:30 އެހާކަންހާއިރު ހިންގި މާރާމާރީގައި އަނިޔާވި މީހަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށް، ތަހުގީގު ފަށައިފައެވެ.
ފުލުހުން މިއަދު ބުނީ، ރޭ ފަތިހު 4:07 އެހާކަންހާއިރު ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތް ކުރި ކަމަށާއި ފުލުހުން އެ ކާރު ހުއްޓުވަން މަސައްކަތްކުރުމުން ފުލުހެއްގެ ގައިގައި ޖައްސާފައި ކާރު ފިލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، ފުލުހެއްގެ ގައިގައި ޖައްސާފައި ދިޔަ ކާރުގެ ތެރޭގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށް، އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މާރާމާރީގައި އަނިޔާވި މީހާ އަށާއި ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ދެވަނަ މާރާމާރީ ހިންގީ މިއަދު މެންދުރު 12:45 ހާއިރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގަ އެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ރޭ ހިންގި މާރާމާރީ އާއި މިއަދު ހިންގި ދެ މާރާމާރީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފި
ހަށިވިއްކި މައްސަލަ: ދިވެހި މީހާ ދޫކޮށްލައިފައި، ތައިލެންޑު ތިން އަންހެނުން ބަންދަށް
ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުން ޖަލަށް
ﷲ އަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫން
ވެރިކަމުގައި މިހާރު މި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ: ހުސެއިން
ފެނަކަ ގާދިއްފުށި ބްރާންޗުގައި މެނޭޖަރެއް ހުއްޓައި އިތުރު މެނޭޖަރެއް ނެގި ވާހަކަ