މައްކާ އަށް އާދަޔާޚިލާފަށް ހޫނުވުގެ ސަބަބުން 550 އަށް ވުރެ ގިނަ ހައްޖުވެރިން ނިޔާވެއްޖެއެވެ.
ސައުދީގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ރުވި މީހުންގެ ތެރެއިން 323 މީހުންނަކީ މިސްރަށް ނިސްބަތްވާ މީހުން ނެވެ. މީގެ އިތުރުން ޖޯޑަންގެ 60 ހައްޖުވެރިއަކުވެސް ވަނީ ނިޔާވެފައެވެ.
މައްކާގެ ފިނިހޫނުމިން މިހާރު އުޅެނީ 50 ސެލްސިއަސް އަށް ވުރެ މަތީގައެވެ.
އޭއެފްޕީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަލަށް މަރުވި މީހުންނާއެކު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 577 އަށް އަރާފައެވެ.
ޑިޕްލޮމެޓުން ބުނީ މައްކާގެ އެންމެ ބޮޑު އެއް ވަސީލަތް ކަމަށްވާ އަލް މުއައިސެމްގެ މޯޗަރީގައި ހުރި ޖުމްލަ އަދަދަކީ 550 ކަމަށެވެ.
މީގެ ކުރިން މިސްރުގެ ޚާރިޖީ ވުޒާރާއިން އަންގާރަ ދުވަހު ބުނެފައިވަނީ ހައްޖުގެ އަޅުކަމުގައި ގެއްލުނު މިސްރު މީހުން ހޯދުމުގެ މަސައްކަތުގައި ގާހިރާއިން ސައުދީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޫނު ގަދަވުމުގެ ސަބަބުން 2،000 އަށް ވުރެ ގިނަ ހައްޖުވެރިންނަށް ފަރުވާ ދީފައިވާ ކަމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓް ކުރި ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން އެ އަދަދު އަޕްޑޭޓް ކޮށްފައި ނުވާއިރު، މަރުވި މީހުންގެ އެންމެފަހުގެ މައުލޫމާތެއް ދީފައެއް ނުވެ އެވެ.

1 Comment
ގުޅުންހުރި
ޕީއެންސީ މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތެއް، ކަރާމާތެއް ނެތް: ޔާމީން
ދުނިޔޭގެ އެންމެ ހިތްހެޔޮ ފަޑިޔާރު، ފްރޭންކް ކަޕްރިއޯ މަރުވެއްޖެ
ސެންޓްރަލައިޒްޑް އެލްޕީޖީ: ސްމާޓް ނިޒާމެއް, ރައްކާތެރިކަން ޔަގީންވެ, ފައިދާ ބޮޑު!
އެސްޓީއޯގެ ޑެވޮންޑޭލް ޕްރޮމޯޝަން މުޅި ރާއްޖެއަށް، އެއްވަނަ އިނާމަކަށް 50،000ރ.
ބަންޑާރަ މިސްކިތުގެ ސީލިންގަ ރޯވި އަލިފާން ނިއްވާލައިފި
މާލޭ މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ