ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ، ފުވައްމުލަކު ސިޓީ، ދިގުވާޑު/ އެފްރޯގެ، އަހުމަދު އިޔާޒް ވަސީމް، 24 އަހަރު ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އޭނާ ގެއްލުނީ މާލެ އިން ކަމެއް އަދި އެންމެ ފަހުން އޭނާ ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
މިފަދަ މައުލޫމާތުތަކަކީ ގެއްލިގެން ހޯދާ މީހުންގެ މައްސަލަތަކުގައި ފުލުހުން އާންމުކޮށް ހިއްސާކުރާ މައުލޫމާތުތަކެއް ނަމަވެސް މި މައްސަލައިގައި އެފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ އިޔާޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ފުލުހުންގެ ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.




ގުޅުންހުރި
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި