ވިއްކި މަހަށް ފައިސާ ނުލިބިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި، އެ ފެކްޓަރީ އޮޕަރޭޝަނަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރަން މިފްކޯ އިން ނިންމައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރަށް އެއްވެ މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.
އެކަމާ ގުޅިގެން މިފްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި އައްޑޫ މަސް ފެކްޓަރީގައި ހުންނަ މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށެވެ.
އެހެންކަމުން އެކަން ހައްލު ކުރުމަށް އެ ކުންފުންޏާއި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
”މިގޮތުން މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތްތާއި މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ، ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން ފާހަގަކުރަން،“ މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، ފައިސާ ލިބުމުން ލަސްވެގެން ގާނޫނީ އިމުގެ ތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށާއި ނަމަވެސް އައްޑޫ މަސް ފެކްޓަރީގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.




ގުޅުންހުރި
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް