ނޮވެމްބަރ 27, 2024

ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ، 3 ދުވަސް ކުރިން ވެސް މިފަދަ ހާދިސާއެއް!

ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ބުނީ ދަނބިދޫ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނުނު ކަމުގެ ރިޕޯޓެއް މިއަދު ހަވީރު 04:55 ހާއިރު ލިބުނު ކަމަށެވެ. އަދި ހެލްތު ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށު/ ނިޔަންދުރުމާގެ، އަމިނަތު އުމަރު ނަމަކަށް ކިޔާ އުމުރުން 65 އަހަރުގެ އަންހެނެކެވެ.

މި ހާދިސާ އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވައި މީގެ ތިން ދުވަސް ކުރިން ވަނީ ފެނިފަ އެވެ. އެ މީހާ ފެނުނީ އައްޑޫ ސިޓީ ފޭދޫންނެވެ.