ރާއްޖޭގެ އެންމެ ބޮޑު ކުންފުނި, އެސްޓީއޯގެ މުވައްޒަފުންނަށް އެ ކުންފުނިން ހިއްސާ ދެވޭނެ ގޮތެއް އޮއްތޯ ބައްލަވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޝިމާދު އެހެން ވިދާޅުވީ, ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލް, ނޫވިލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ދެއްވި ހިޔާލަކަށް ވާހަކަދައްކަވަމުންނެވެ.
ހިއްސާދާރު ވިދާޅުވީ, އެސްޓީއޯގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސްވެފައިވާ މުވައްޒަފުން ތިބި އިރު، އެ މީހުންގެ މުޅި އުމުރު އެ ހާދަކުރަނީ އެސްޓީއޯ އާއެކު ކަމަށެވެ.
އެހެންކަމުން އެ މުވައްޒަފުން ކުންފުންޏަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުންފުނީގެ ހިއްސާ ދިނުމަށް ހުށަހަޅާ ކަމަށާއި އެކަން ކުރުމަށް ހިއްސާދާރުންގެ ވޯޓެއް ނަގައިގެން ނަމަވެސް އަންނަ އަހަރު ފެށޭއިރު އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ހުށަހެޅުއްވި އެވެ.
އެ ހިޔާލާ ގުޅިގެން ޝިމާދު ވިދާޅުވީ، އޭނާއަކީވެސް އެސްޓީއޯގެ ހިއްސާދާރެއް ކަމަށާއި އަދި ކުންފުނީގެ މުވައްޒަފުންނަށް ހިއްސާ ލިބޭނެ ދުވަހެއް ދެކުމަކީ އެދޭ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނީ ކޮން އުސޫލަކުންތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
”ފަހަރެއްގައި ޖެހިދާނެ އޭޖީއެމްއަށް ތި އިޝޫ ގެންނަން. އެއީ ހިއްސާއާ ގުޅުންހުރި ކަމަކަށްވާތީ. އެހެންވީމަ އަޅުގަނޑު ތިކަމަށް މަސައްކަތް ކުރާނަން،“ ޝިމާދު ވިދާޅުވި އެވެ.


 
					

ގުޅުންހުރި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
އެލައިޑަށް 40 އަހަރު: ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރަން ބޭއްވި ބައިސްކަލް