މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެ، ރައްޔިތުން ޝަކުވާ ކުރަން ފަށައިފި އެވެ.
މިފްކޯ އިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަސް ލިބުން ދަތިވެފައިވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމާ އެކު މިފްކޯއަށް ކިރާ މަހުގެ އަދަދު ވެސް ދަށްވުމުން ކަމަށެވެ. ނަމަވެސް ދަޅުމަހުގެ އެއްވެސް ލިމިޓެއް ނެތް ކަމަށް ބުންޏެވެ.
”ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެން. މި ހާލަތުގައި ކަން މިގޮތަށް އޮތް ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ،“ މިފްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ، ވެލިއު އެޑެޑް ޕްރޮޑަކްޓުތަކުގެ ތެރެއިންވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި އޮތް ނަމަވެސް، މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ ކަމަށެވެ.
މިދިޔަ ސަރުކާރުގައި މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރި ނަމަވެސް މި ސަރުކާރުގައި ވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގަށް މަސް ގަންނަން ފަށައިފަ އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް