ބަންގްލަދޭޝްގައި އެ ގައުމުގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާ އާއި ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވެ ރައްކާތެރިވެގެން އުޅެން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ބަންގްލަދޭޝްގެ ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ގައުމުގެ ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ، ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން ދަރިވަރުން ނުކުމެ ފުލުހުންނާ ކުރިމަތިލައި، އިމާރާތްތަކުގައި ދަނީ ހުޅުޖަހަމުންނެވެ.
އެ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ބާރުގެ ބޭނުންކުރަން ފަށާފައިވާއިރު އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ވަނީ ކަނޑާލައިފަ އެވެ. އަދި ބަޑި ޖަހައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް މި ވަގުތު ބޭރަށް ނުކުމެ ނޫޅުމަށާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އަދި އެ ގައުމުގައި އުޅޭ ކިޔަވާ ދިވެހި ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި އެދިފައިވެ އެވެ.

ގުޅުންހުރި
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުން: ކޮންމެ ގޯއްޗަކަށް ގެއެއް، ފައިސާ ވެސް
ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓު ހުށަހަޅާ މައްސަލަތައް ފުލުހުން ބަލަނީ
ވެރިކަން ނިމެންދެން ޔާމީން ދިޔައީ ވިލާއަށް އަނިޔާވެރިވަމުން: ގާސިމް
ދައުލަތަށް 42 އަހަރު ހިދުމަތް ކުރެއްވި އުތީމު އާދަމްބެއަށް ނިޝާން ދިޔަމިގިލީގެ
ޝަރަފުވެރިކަމުގެ އިނާމު ޝައިހް އިސްމާއިލް، މައުރޫފް އަދި މެޒޯ މުހައްމަދުގެ ހަނދާނަށް
މިނިވަންކަމުގެ ނަމުގައި ބޭނުންހާ އެއްޗެއް ލިޔެ ނުހެދޭނެ: ރައީސް