މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ. މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.
އެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއެކު ފުރި މެލޭޝިއާ އެއާލައިންސްގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު 11:20 ގައެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ރަސްމިއްޔާތެއްވެސް ބޭއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއާލައިންސް އިން ދަތުރުތައް ފެށުމުން، ރާއްޖޭގެ ފަތުރުވެރި ކަމަށާއި އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަނުން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.
އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއާލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސާވިސް އޭޖެންޓް (ޖީއެސްއޭ) ނުވަތަ ހޭންޑްލިން އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން ކަމަށެވެ. އެކަމުގެ ނަފާ ދިވެހިންނަށް ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއާލައިންގެ ޗެކިން ފަށާފައިވަނީވެސް ހާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރު ހުޅުއްވައިދެއްވީ މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޓާމިނަލް އަދި ޕަސެންޖަރު ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.
މެލޭޝިއާ އެއާލައިންސް އިން ހަފުތާގެ ހަތް ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފްލައިޓެކެވެ.

ގުޅުންހުރި
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއް ގޮތަށް ބަލަން ރައީސް އަންގަވައިފި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި