ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު ’އިންޑިއާ އައުޓް‘ އިން ’ވެލްކަމް އިންޑިއާ‘ އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުހަބާ ކިޔައިފި އެވެ.
އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ގުޅުން އަބަދުވެސް ބިނާވެފައިވަނީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމުކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދެ ގައުމުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާއި ސަރަހައްދީ ސަލާމަތާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.
ނަމަވެސް މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރިކަމީ ހިތާމަކުރާ ކަމެއް ކަމަށް ބުންޏެވެ.
އެމްޑީޕީން ބުނީ، ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު ’އިންޑިއާ އައުޓް‘ އިން ’ވެލްކަމް އިންޑިއާ‘ އަށް ބަދަލުކުރި ކުރުމަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.
އަދި ’އިންޑިއާ އައުޓް‘ ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މި ސަރުކާރުން މައާފަށް އެދެން އެމްޑީޕީން ގޮވާލި އެވެ.




ގުޅުންހުރި
ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ ނަޝީދު ކަމަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ޕާކިސްތާނުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް އަފްޣާނިންތާނަށް
ކުޑަކުދިން ހުކުރު ހުތުބާއަށް ޝައުގުވެރިކަން އުފައްދަން ކުއިޒްއެއް، އެއްވަނައަށްދާ ކުދިން އުމްރާއަށް!
10 ދުވަސް ތެރޭ ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ
އުފާވެރިކަން އައިސް އަތުގައި ހިފީއެވެ