ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އާދަމް ރަމީޒް، އެ މަގާމުން އިއްޔެ ވަކިކޮށްފި އެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ސަސްޕެންޑް ކޮށްފައި ހުންނަތާ ދެ މަހެއްހާ ދުވަސް ފަހުން ރަމީޒު އެ މަގާމުން ވަކިކުރި ކަމުގެ ސިޓީ ފޮނުވާފައިިވާކަން އޭނާ ކަށަވަރު ކޮށްދެ އެވެ.
އޭނާ ވިދާޅުވީ، ވަކިކޮށްފައި ވަނީ ކޮން ސަބަބަކާ ގުޅިގެންކަން ސިޓީގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެކަން ކޮށްފައިވަނީ ގާނޫނުއަސާސީން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލެ ސިޓީގައި ކައުންސިލްގައި ވެސް މަސައްކަތް ކުރެއްވި އެ މަނިކުފާނުގެ އަރިސް ބޭފުޅެކެވެ. އެންމެ ފުރަތަމަ ރައީސް އޮފީހަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ރަމީޒު ހިމެނެ އެވެ.
ރަމީޒާއެކު އޭނާގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ސަސްޕެންޑް ކުރި އެވެ. ނަމަވެސް ޝަމްނާޒު ސަސްޕެންޑް ކުރީ ރައީސް މުއިއްޒުއާ ގާތްވުމަށް ސިހުރު ހެދި ކަމަށް ތުހުމަތު ކޮށްފަ އެވެ.

ގުޅުންހުރި
އެއް މަސް ނުފުރޭ ކުޑަކުއްޖަކު ދިރިހުއްޓާ ވަޅުލާފައި އޮއްވައި ސަލާމަތްކޮށްފި
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު
މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏަށް އާ އެމްޑީއެއް
”އެޓާނަލް ލަވް“ގެ އެކްޓަރު އިމާރާތަކުން ވެއްޓި މަރުވެއްޖެ
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް
130 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލި ޝަހީބު ކޯޓަށް ހާޒިރުނުވާތީ