މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކޮށް ފިޔަވަޅު އެޅުމަށް ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ މަގުތަކުގެ ކަންމަތިތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެހެންވެ މިނިސްޓްރީން ނިންމާފައިވަނީ ކަންމަތިތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާ މެދު ފިޔަވަޅު އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މަގުތަކުގެ ކަންމަތީގައި ރަތް ރޮގު ދެމުމަށް ވިސްނަމުންދާ ކަމަށާއި ރަތް ރޮގު ހުންނަ ސަރަހައްދުގައި ޕާކު ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
”އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި. ވިސްނުމެއް މާ ބޮޑު ހިޔާލެއް ނެތި، ހަމަ ކަންމަތީގައި ޕާކު ކުރަމުން އެ ގެންދަނީ،“ އަމީން ވިދާޅުވި އެވެ.
އެއަށްފަހު ވެސް ގަވާއިދާހިލާފަށް ޕާކު ކުރަމުންދާނަމަ ޕާކުކުރި ފަރާތެއްގެ މައުލޫމާތު އާންމުކޮށް އިއުލާނުކޮށް ހަފުތާއެއްގެ ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ގުޅުންހުރި
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް
ކޫއްޑޫގެ ރަންވޭ މަރާމާތުކޮށް ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: އަމީން
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށަނީ
މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ އުޅަނދުތައް ހުޅުމާލެ ގެންދަން އަންގައިފި، ލިބޭނީ
ސީ އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރިޔަސް ބަލިމީހުން އުފުލުމަށް ދައްޗެއް ނުވާނެ: