މަހަކު 40،500 ރުފިޔާގެ ބޮޑު މުސާރައެއް ލިބޭގޮތަށް ބާ ކައުންސިލަށްސެކެޓްރީ ޖެނަރަލަކު ހޯދަން އިއުލާންކޮށްފި އެވެ.
ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެސްޖީއަކު ހޯދުމަށް މި މަހުގެ ފަސް ވަނަ ދުވަހު ވެސް އިއުލާނުކުރި ކަމަށާއި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަނެއްކާވެސް ހޯދަން އިއުލާންކުރާ ކަމަށެވެ.
އެސްޖީއަކު ކަނޑައަޅަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެ މަގާމުގެ މުސާރައަށް މަހެއްގެ މައްޗަށް 40،500 ރުފިޔާ ލިބޭނެ ކަމަށާއި މަސައްކަތާ ގުޅުވައި އެހެނިހެން އެލެވެންސާއި ރޯދަ އެލެވެންސާއި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
އެސްޖީގެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަޖެހޭ ޝަރުތުތައް:
ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުން
ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުން
ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން
ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
އިއުލާނުގައި ބުނެފައިވާ ގޮތުގައި، ކުރިން އެސްޖީއަކު ހޯދަން މީގެކުރިން ކުރި އިއުލާނަށް ފޯމު ހުށަހެޅި ފަރާތްތަކަށް މިފަހަރު ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
އެ އިއުލާނުގެ މުއްދަތު ހަމަވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި