ކ. ކާށިދޫ މިސްކިތެއްގެ މުދިމަކު ޑުރަގުގެ މައްސަލައެއްގައި ހައްޔަރުކޮށް މައްސަލަ ބަލަން ފަށައިފި އެވެ.
އެފަދަ މައްސަލައެއްގައި ކާށިދޫން މިއަދު މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ނަމަވެސް ’ހަފްތާ‘ އަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ކާށިދޫގެ މުދިމެކެވެ.
ފުލުހުން ވަނީ މީގެ ކުރިން ކާށިދޫ މަސްޖިދުއް ޒިކުރާގެ މުދިމަކު ޑުރަގް ބޭނުންކުރި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން މުދިމުކަމުން އޭނާ ވަކިވެސް ކުރި އެވެ. ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ހައްޔަރުކޮށްފައިވަނީ އެ މުދިމު ކަމެއް އަދި ސާފުނުވެ އެވެ.



ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި