ސިޔާސީ މައިދާނުން އެކަހެރިވެވަޑައިނުގަންނަވާ ކަމަށާއި އެކަހެރި ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރައްދު ދެއްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން އެހެން ވިދާޅުވެފައި މިވަނީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރައްދު ދެއްވަމުންނެވެ.
ދާދިފަހުން ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ، ފައިސާ ނޫން އެހެން އެއްޗެއް ނޫން ވީމާ ވެރިކަން ގެއްލި، ސިޔާސީ މައިދާނުން ވެސް ރައީސް ޔާމީން އެކަހެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔާމީން ހިނި އަޔަސް, ރުޅި އަޔަސް, ތުރުތުރު އެޅިޔަސް މިއަދު ޔާމީން އެ ހުރީ ސިޔާސީ މައިދާނުން އެކަހެރިކޮށްފައި ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅަކު ސަރުކާރުން ނުކުމެވަޑައިގެން އަމިއްލައަށް ޕާޓީއެއް ހައްދަވަން އުޅުއްވައިފިއްޔާ އެއިން ބޭފުޅެއްގެ ފަހަތަށް 1000 މީހުން ވެސް ނާރާނެ ކަމަށެވެ.
”ފައިސަލް އަޑަށް ބާރުލާފައި ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި. އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރިވެގެންނެއް ނޫން މި ހުރީ. އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި، އަދި އަޅުގަނޑު މި ދައްކާ ވާހަކައަށް އެ ބޭފުޅުން ޖަވާބުދެއްވާ މިގޮތަށް. އެއީ ހީފުޅުވާ ގޮތް،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ރައީސް ޔާމީންގެ މެނިފެސްޓޯއާއެކު ކަމަށް ދެންނެވީ ވެސް ރައީސް މުއިއްޒު ކަމަށެވެ. ނަމަވެސް މެނިފެސްޓޯ އެއްލާލާފައި އަމިއްލަ ކަންތައްތަކެއް ކުރުމަކީ ނިޒާމެއް ރަނގަޅަށް ހިނގާ ތަނެއްގައި، ޕާޓީ ނިޒާމު ހިނގާ ތަނެއްގައި ޕާޓީއަކުން ހުއްދަކުރާނެ ކަމެއް ނޫން ކަމަށާއި އެއީ ޕާޓީގެ މެކޭނިޒަމްތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: