މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގެ ހުރިހާ ބޭންކުތަކާ ބައްދަލު ކުރައްވައިފި އެވެ.
ގަވަރުނަރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ)، މޮރޭޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ހަބީބް ބޭންކާއި އެޗްއެސްބީސީގެ ވެރިންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ.
އެމްއެމްއޭ އިން ބުނީ، އެ ބައްދަލުވުންތަކުގައި ބޭންކުތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށާއި މާލީ ދާއިރާގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވަނީ ރާއްޖޭގެ މާލީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޖީޑީޕީގެ ނިސްބަތުން މިހާރު މާލީ ދާއިރާއަކީ ހަ ޕަސެންޓް ކަމަށާއި އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނަ ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވި މުނައްވަރު ގެންދަވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.
ގުޅުންހުރި
އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހަކު ހައްޔަރުކޮށްފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރާއްޖެއަށް އެންމެ މަންފާ ހުރި ގޮތަކީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުން:
މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު
ލަންކާގެ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ވިޓޯލްއާ ގުޅިގެން ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ހިދުމަތްދޭނަން: