ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން ތައްޔާރުކުރި ތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ ދައުރު ކުރަމުންދަނީ ސައްހަ ނޫން ލިސްޓެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ޖުމްލަ 20 ފިހާރައެއްގެ ނަން ހިމެނުމަށްފަހު މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ދައުރު ކުރަމުންދާ ފޮޓޯގައި ބުނެފައިވަނީ އެއީ އަރަފާތު، ބުޅާ މަހުން ތައްޔާރުކުރި ތަކެތި ވިއްކަންލީ ފިހާރަތައް ކަމަށެވެ. އަދި އެ ފިހާރަތަކުން އެފަދަ އެއްޗެއް ގަނެގެން ބޭނުން ކޮށްފައިވާނަމަ، ޑޮކްޓަރަށް ދެއްކުމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އިމިގްރޭޝަން ނަމުގައި ދައުރު ކުރަމުންދާ ފޭކް ލިސްޓެއް ކަމަށެވެ.
އަރަފާތް ހައްޔަރުކުރީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ސެލޫނެއްގައި ސިފަ ބަދަލުކުރަން ގޮސް ހުއްޓަ އެވެ. އަދި އޭނާ މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އޭނާއާމެދު އަމަލުކުރާނެ ގޮތެއް އިމިގްރޭޝަނަކުން އަދި ހާމައެއް ނުކުރެ އެވެ.




1 Comment
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި