އޭނާއަކީ މަގާމު ބޭނުންވެގެން އުޅޭ މީހެއް ނޫން ކަމަށާއި އެހެންކަމުން ނުފޫޒަށް ލެބެންޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ޝަމީމު އެހެން ވިދާޅުވީ, އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކުރުމުން ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަމީމު ވިދާޅުވީ, ރައްދުވާ މީހާއަށް ނުފޫޒު ފޯރާނަމަ އަދި އެ ނުފޫޒަށް ލެބޭނަމަ ނުފޫޒު ފޯރުވާނެ ކަމަށެވެ. އެގޮތުން އޭނާއަށް ނުފޫޒު ފޯރުވަން ހުރިހާ ސަރުކާރަކުންވެސް މަސައްކަތްކުރި ކަމަށާއި ނަމަވެސް އޭނާއަށް ނުފޫޒު ނުފޯރުވޭނެކަން ސަރުކާރުތަކަށް އެނގޭތީ އެކަން ކުރައްވަން ނޫޅުއްވާ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިއްޔަސް ނުފޫޒެއް ނުއެއް ފޯރާ. އެއީ އަޅުގަނޑަކީ ކޮންމެހެން މަގާމެއްގައި ހުންނާކަށް ބޭނުންވެގެން އުޅޭ މީހެއް ނޫން އެއްވެސް އިރަކު. މި މަގާމުގަ ނެތިއްޔާ މާ ތަނަވަސްކޮށް, މާ އަރާމުކޮށް އުޅެންވެންވެސް އޮތް މީހެއް. އެފަދަ ނުފޫޒަކަށް ލެބެންޖެހޭ ސަބަބެއް ނެތް. ނުފޫޒަށް ލެބުނީމަ ވާގޮތަކީ އަޅުގަނޑުގެ ކެރިއަރުގައި ބިލްޑް ކުރި އެއްޗެއް ހަލާކުވަނީ. މި ދާއިރާގައި 20 އަހަރު އުޅޭއިރުގައި އަޅުގަނޑު ބޭނުމެއް ނުވާނެތާ ކުޑަ މައްސަލައެއްގައި މީހަކަށް ނުފޫޒު ފޯރުވައިގެން އަޅުގަނޑުގެ ނަން ހަޑިވާކަށް,“ ޝަމީމު ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ, މަގާމުން ވަކިކުރަން ނިންމީ މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި ކަމެއް ސާފުނުވެގެންވެސް ނޫން ކަމަށެވެ. މިކަމަކީ ރާއްޖޭގައި މުޅިން އެހެން ގޮތަކަށް ހިނގާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
”މިއީ އިތުބާރު ނެތިގެން އުޅޭ ކަމެއް ނޫންކަން, މިއީ މުޅިން އެހެން ގޮތަކަށް ހިނގާ ކަމެއްކަން އަޅުގަނޑު އެކަން ދަންނަން. އެކަން ނޭނގިއެއް ނޫން މި އުޅެނީކީ. މިކަން (ވަކީލުކަން ކުރާތާ) ވިއްސަކަށް އަހަރުވެއްޖެ. އަޅުގަނޑު ޑެޕިއުޓީއަކަށް ހުރި އިރުގައި, ކުރީގެ ޕީޖީއަކު އިސްތިއުފާ ދެއްވި. އަޅުގަނޑަށް އިނގޭ މި ހުރިހާ ކަމެއް ހިނގާ ގޮތާއި އަޅުގަނޑު ވަރަށް ފަރިތަ ކަމެއް. މި އޮފީހުގައި މިއުޅެނީކީ އަލަކަށްވެސް ނޫން,“ ޝަމީމު ވިދާޅުވި އެވެ.
1 Comment
ގުޅުންހުރި
މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް ތޫނު އެއްްޗަކުން ހަމަލާ ދޭން އުޅެފި
ގުޅީގައި ފާނަބަސަންދު ފެތުރެނީ، މި މަހު 11 މީހަކަށް ބަލި ޖެހިއްޖެ،
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވެނުނީ މުވައްޒަފެއްގެ އިހުމާލުން: ހައުސިން މިނިސްޓްރީ
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ