ސެޕްޓެމްބަރ 21, 2024

ޒީނާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވައިފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒީނާގެ އިސްތިއުފާ ސިޓީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅާފައިވާކަން ’ހަފްތާ‘ އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އެކަން ރައީސް އޮފީހުގެ މަސްދަރަކުންވެސް ވަނީ ޔަގީންވެފަ އެވެ. ނަމަވެސް ޒީނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ޕީއެސްއެމްގެ އެމްޑީ ކަމަށް ޒީނާ އައްޔަންކޮށްފައި ވަނީ މިދިޔަ 29 ނޮވެމްބަރުގަ އެވެ. އޭނާއަކީ މި މަގާމަށް އައްޔަންކުރި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަންވެސް ކުރެއްވި ޒީނާ އަންނަނީ ”ޒީ ޓައިމްސް“ގެ ނަމުގައި އަމިއްލަ ނޫހެއްވެސް ހިންގަމުންނެވެ.