މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ އުޅަނދުތައް ވަގުތީ ގޮތުން ބޭއްވުމަށް ހަމަޖެއްސި ބިމަށް އުޅަނދުތައް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
ރަޖިސްޓްރީ ނުކޮށް މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި މާލޭ ޒޯނުގައި ދުއްވާ އެހެން ޒޯންތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ދުއްވުމާއި ޕާކު ކުރުމާއި ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވާއިދުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ވެހިކަލްތައް ވަގުތީ ގޮތުން ޕާކު ކުރުމަށް ދީފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ، އެފަދަ އުޅަނގުތައް ވީ އެންމެ އަވަހަކަށް އެ ބިމަށް ގެންގޮސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އުޅަނދާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ނިންމުމަށް އަންގައިފަ އެވެ. އަދި އެ އެންގުމާ ހިލާފުވާ އުޅަނދުތަކާމެދު ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން މި މަހުގެ 15 ގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓްރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލައަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެޗްޑީސީން ކަނޑައަޅާ ބިމަށް އެފަދަ ވެހިކަލް ގެންދިއުމަށް ދޭން ނިންމާފައިވަނީ 40 ދުވަހެވެ. އެއަށްފަހު މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ ވެހިކަލްތައް ޓޯ ކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
1 Comment
ގުޅުންހުރި
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް
ކޫއްޑޫގެ ރަންވޭ މަރާމާތުކޮށް ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: އަމީން
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށަނީ
ސީ އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރިޔަސް ބަލިމީހުން އުފުލުމަށް ދައްޗެއް ނުވާނެ:
މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކޮށް، ފިޔަވަޅު އަޅާނެ: މިނިސްޓަރު އަމީން