ސިނަމާލެ ބުރިޖުގެ އެއް ލޭނު ގެއްލުނު ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކީރިތި ކުރައްވަންދެން ހެސްކިޔާފަ ބަވާލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް ”ސަންގު ޓީވީ“ އަށް ރޭ ދެއްވި ހާއްސަ އިންޓަވިއެއްގައި ވިދާޅުވީ ރައީސް މުއިއްޒު، މިނިސްޓަރަކަށް ހުންނެވިއިރުވެސް ޔާމީނާއި ދެ ބޭފުޅުންގެ މައްސަލަ ގޯސް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު މަގާމުން ވަކިކުރެއްވުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ އޭރު ކެބިނެޓުގައި ތިއްބެވި އެހެން މިނިސްޓަރުންނާއިއެހެން ބޭފުޅުންތަކެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
”ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ބުރިޖު ހުޅުވަން މަސައްކަތް ކުރަމުންދިޔައިރު، އޭރު ސަކީނާ މަންޒިލުގައި ޕާޓީ އޮފީސް ހިނގަމުންދާނީ. އެތަނުގެ ކެބިނެޓް ވަޒީރުންނާ އަދި ޕާޓީގެ އިސް މީހުންނާއެކީގައި ބޭއްވި ބައްދަލުވުމެއްގައި ވެސް ޔާމީން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާ އެ އަޑު އަހާނެ އެ ކެބިނެޓުގައި އޭރުގައި ތިއްބެވި ބޭފުޅުން، އިއްޒަތެރި ވަޒީރުންވެސް އަދި އަޅުގަނޑުމެން ވެސް. ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
”އެ ދުވަހު ޔާމީން ވިދާޅުވީ ބުރިޖުގެ އެއް ލޭނު މަދުކަން ތިމަންނައަށް މިއަދުއޭ މި އެނގުނީ. ކިޔާފަ މުއިއްޒަށް ހެސްކިޔާފަ ބަވާލީ“
އަބްދުއްރަހީމް ވިދާޅުވީ، ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ޔާމީން އަމިއްލަފުޅަށް ކޮންމެ ދުވަހަކު ބައްލަވަމުން ގެންދިޔަ މަޝްރޫއެއް ކަމަށާއި އިކޮނޮމިކް ޔޫތް ކައުންސިލް މެދުވެރިކޮށްވެސް ބުރިޖުގެ މަސައްކަތް ގަވާއިދުން ޔާމީން ބެއްލެވި ކަމަށެވެ. އަދި ޔާމީން އަމިއްލަފުޅަށް ބުރިޖުގެ މަސައްކަތްކުރާ ސައިޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވި ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ކިތަންމެ ހިތްހަމަޖެހިވަޑައިނުގެންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ރައީސް މުއިއްޒު ކަމަށާއި އެކަން ގަބޫލުކުރައްވަންޖެހޭ ކަމަށެވެ.
އަދި ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ގޮތާއި އެކަމުގައި ޝާމިލުވާ މީހުންނާއި ވެރިކަން ހޯދަން ކުރި މަސައްކަތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޔާމީން ދެން ވިސްނައިވަޑައިގެންނެވީ އެ މަނިކުފާނުގެ އާ ވާހަކައެއް ރައްޔިތުންނަށް އާންމުވެދާނެތީ އެކަމާމެދު ކަމަށް ވިދާޅުވި އެވެ.




4 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު