ޑުރަގް ޓްރެފިކް ކުރި މީހަކު 100,000 ރ. އިން ޖޫރިމަނާކޮށް, އުމުރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލަށް ލާން ހުކުމްކުރީ ބ. މާޅޮސް/ ފިނިފެންމާގެ, ހަސަން އާމިރެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކުރީ އޭނާ ދުއްވާ ލޯންޗަކުން ޑުރަގް ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ އެއް ނަންބަރު ފާލަން ކައިރިން އޭނާ އަތުލައިގަނެ, އޭނާގެ ފަޓުލޫނާއި ލޯންޗުން ޑުރަގް ފެނުނު މައްސަލައިގަ އެވެ.
ނަމަވެސް އާމިރު ވަނީ އޭނާގެ ޖީބުން ފެނުނު ޑުރަގަކީ ސައިކަލުގައި ދިޔަ ދެ މީހަކު އޭނާގެ ޖީބަށްލީ ތަކެތި ކަމަށާއި އެ ތަކެތި އޭނާގެ ޖީބަށް ލީކަންވެސް އެނގުނީ ފުލުހުން އެ ތަކެތި ނެގުމުން ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތު ވުމުން ކުށުގެ އުގޫބާތެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިަނާކުރުމަށް ހުކުމްކޮށް މިފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފަ އެވެ.

ގުޅުންހުރި
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިހާބުވެއްޖެ
ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން
ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު ލިބުނު ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް
އެޗްއައިވީ ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ
އޮސްޓްރޭލިއާއިން އެމްއެންޑީއެފްއަށް ޕެޓްރޯލް އުޅަނދެއް ހަދިޔާކުރަނީ
ސާޖިދާ ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފި