މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކާގޯ އެތެރެކޮށްފައިވާ މިންވަރު ދައްކައިދޭ ދެ ގުރާފާއެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމަކުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތާރީހަށް ބަލާއިރު މީގެ ކުރިން، ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 2018 ވަނަ އަހަރު ކަމަށެވެ. އެ އަހަރުގެ ކޮންމެ މަހަކު އެވްރެޖްކޮށް 5250 ޓީއީޔޫއެސް ކޮންޓެއިނަރު އެތެރެކޮށްފައިވެ އެވެ.
ނަމަވެސް މި އަހަރުގެ މިހާތަނަށް އެވްރެޖްކޮށް މަހަކު 5375 ޓީއީޔޫއެސް ކޮންޓެއިނަރު އެތެރެކޮށްފައިވާ ކަމަށް ވަޖީހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މި އަހަރުގެ ކޮންމެ މަހަކު އެވްރެޖުކޮށް 12،625 ޓަނުގެ ޖެނެރަލް ކާގޯ އެތެރެކޮށްފައިވާ ކަމަށްވެސް އެ ގުރާފުން ދައްކަ އެވެ.
”ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމެވެ. މިއިން ދައްކައި ދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމެވެ،“ ވަޖީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.
7 Comments
ގުޅުންހުރި
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
އޭޝިއާގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ލިބުނު ފުރަތަމަ ދިވެހި ކުންފުންޏަކަށް ސްޓެލްކޯ!
ވެމްކޯގެ ރިސޯޓް ކަލެކްޝަން ހިދުމަތް ދިނުމަށް އިތުރު ރިސޯޓް ތަކާއެކު ސޮއިކޮށްފި
ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް ގަވާއިދު ހެދުމުން ގެއްލުންވާނީ ރައްޔިތުންނަށް: ޔާމީން
އެއް ބިލިއަން ޑޮލަރުގެ ދަރަންޏާއި ސުކޫކް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށައިފި