ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓް ހިންގިކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ޒުވާނެކެވެ. އެއީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެ އެވެ. ކާރުގައި އިތުރު މީހަކު އިން ކަމެއް ފުލުހުން ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވީ ލ. އިސްދުއަށް އުފަން ހަސަން ސަމާހު، 23 އަހަރެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ. އަދި އޭނާ ދިޔައީ އަންނަ މަހު ކައިވެންޏަށް ވެސް ތައްޔާރުވަމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ގުޅުންހުރި
ސިޓީ ކައުންސިލާއި ފުލުހުން ނުކުމެ މަގުތަކުގައި ހުރި ބާވެ، ހަލާކުވެފައިވާ 224
ރާއްޖެއަށް ޑުރަގް އެތެރެކުރި ކަމަށް ތުހުމަތުވާ 65 އަހަރުގެ މީހަކު އެއާޕޯޓުން
ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުވެ، ޓެކްސީ ލައިސަންސް ނުލިބޭ ގޮތަށް ހަދައިފި
މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ބާ ވެހިކަލްތައް އަނެއްކާވެސް ނަގަން ފަށައިފި
އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހަކު ހައްޔަރުކޮށްފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި